މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑް- އިކްރާމްސް ޗޮއިސް


މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑްގެ 8 ވަނަ ޝޯވގައި ލަވަ ހުށަހަޅައިދިން ގަދަ 5 ބައިވެރިންގެ ތެރެއިން، ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް އެސް.އެމް.އެސް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލާފައި ވަނީ ހުކުރުދުވަހުގެރޭ ޝޯވ ދެއްކި ވަގުތުން ފެށިގެން ހޮނިހިރު ހަވީރު 4 ޖެހުމާއި ހަމައަށެވެ. އެގޮތުން ބެލުންތެރިންނަށް އެންމެ ކަމުދާ ހުށައެޅުމެއް ހުށައަޅައިދިން ބައިވެރިއަކަށް އެސް.އެމް.އެސް ކުރެވުމަށް MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް، އެ ބައިވެރިއެއްގެ ނަން ޖެހުމަށްފަހު 303 އަށް އެސްއެމްއެސްއެއް ކުރުމުން ވޯޓް ދެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖްކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ.

މި ޝޯވއަށް ބެލުންތެރިން ފޮނުވާ ވޯޓަކީ ޞައްޙަ ވޯޓެއްކަން ޔަޤީންކުރުމަށާއި، ވޯޓު ގުނުން ކުރިއަށްދަނީ އެންމެ އިންޞާފުވެރިކޮށްތޯ ބެލުމުގެ މަސައްކަތް ކުރަނީ އޭ.އެޗް އެސޯސިއޭޓްސް، އެލް.އެލް.ޕީ ނަމަކަށް ކިޔާ މިނިވަން އޮޑިޓް ފާމެއްގެ ފަރާތުންނެވެ.

މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ 8 ވަނަ ޝޯވ ދައްކާފައިވާއިރު، މިރޭގެ ޝޯވގައި ގާލާ ރައުންޑުގެ ގަދަ 5 ގައި މިހާރު ވާދަކުރާ ބައިވެރިންގެ ވަކިވަކި ހުށައެޅުންތައް ވަނީ ފެނިގެންގޮސްފައެވެ. މިރޭގެ ޝޯވގައި ލަވަ ހުށައަޅައިދިން ބައިވެރިންގެ ތެރެއިން ކުރިއަށް އޮތް ޝޯވއަށް ދަތުރުކުރާ ބައިވެރިން އިޢުލާން ކުރުމަށް ބާއްވާ ޝޯވ،  މިރޭ 10:30 ޓީ.ވީ.އެމުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު ތާވަލްކުރެވިފައިވާގޮތުން ނަމަ މޯލްޑިވިއަން އައިޑަލްގެ ގަދަ 3 ބައިވެރިންނާއެކު، މިޝޯވގެ ގްރޭންޑް ފިނާލޭ ދެއްކުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުގައެވެ.