ޚަބަރު

ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އިފްތިތާޙްކޮށްފި


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އިފްތިތާޙްކޮށްފިއެވެ.

ކޮލެކް އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް އިފްތިތާޙް ކުރުމަށް މިއަދު ހެނދުނު ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ކޮލެޖް ހުޅުވާދެއްވީ ޑިފެންސް މިނިސްޓަރ އަލްފާޟިލް އާދަމް ޝަރީފް ޢުމަރެވެ. ޑިފެންސް އިންސްޓިޓިއުޓް ފޮރ ޓްރޭނިންގ އެންޑް އެޑިއުކޭޝަން (ޑައިޓް) ކޮލެޖަކަށް ބަދަލުވުމުން މަތީ ތައުލީމާއި ތަމްރީނުގެ އިތުރު ފުރުސަތު ސިފައިންނަށް ހުޅުވިގެންދާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މިކޮލެޖުގައި ތަފާތު ދިރާސާތަކަށް ފުރުޞަތު ހުޅުވިގެންދާނެ ކަމަށާއި މިވަގުތު ދިވެހި އަސްކަރިއްޔާއަށް ދިރާސާކުރުމަކީ ވަރަށް މުހިންމު އަދި ބޭނުންތެރިކަމެއް ކަމުގައި ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އަލްފާޟިލް އާދަމް ޝަރީފް އުމަރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދާއި ޖެނެރަލް އޮފިސަރުންނާއި އެހެނިހެން ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.