އިންޑިޔާގެ ދެކުނު ސްޓޭޓެއް ކަމަށްވާ ޓެލަންގަނާ ސްޓޭޓްގެ ކެމިކަލް ކާރުޚާނާއެއްގައި އަލިފާން ރޯވުމުގެ ސަބަބުން އެ ކާރުޚާނާގެ ބޮޑުބައެއްހަލާކުވެ އެސަރަހައްދުގެ އާންމުންނަށް ސިއްޙީގޮތުން ގެއްލުންތަކެއް ލިބިއްޖެއެވެ.
އިންޑިޔާގެ މަސްއޫލުވެރިން ވިދާޅުވީ އަލިފާނުގެ މިޙާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނޭންގޭކަމަށާ ނަމަވެސް މިއީ ޓެލަންގަނާއަށް ކުރިމަތިވެފައިވާ ހޫނުގެ އޮއިވަރުތަކުގެ ސަބަބުން ހިނގި ހާދިސާއެއްކަމަށް ޝައްކުކުރެވޭކަމަށެވެ. ޓެލަންގަނާގެ ޝަމްޝްއާބާދުގައިވާ ކެމިކަލް ކާރުޚާނާގައި ރޯވި އަލިފާންގަނޑު މާގިނައިރުތަކެއްނުވެ ކޮންޓްރޯލް ކުރެވިފައިވާއިރު މިކަމުގެ ސަބަބުން މީހަކު މަރުވެފައިނުވާކަމަށް އެސްޓޭޓްގެ ލޯކަލް ސަރުކާރުން ބުނެއެވެ.
ނަމަވެސް އެކާރުޚާނާގެ ކައިރީ ހިސާބުތަކުގައިއުޅޭ އާންމުންގެ ތެރެއިން ބަލިމީހުންނަށާއި ކުޑަކުދިންނަށް ދުމުގެ ސަބަބުން ގެއްލުންތަކެއް ލިބި އެމީހުންނަށް ފަރުވާ ދޭންޖެހުނުކަމަށް ޚަބަރުލިބެއެވެ.