ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ނިންމާފައިވާކަން ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ވަނީ ބަނޑޭރި ކޮށީގެ އެޕާޓްމަންޓެއްގެ ތެރެއިން މަރުވެފައި އޮއްވައި ފެނިފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއްކަން ހާމަކުރައްވާފައެވެ. ނަމަވެސް އޭނާއާ ގުޅޭ އިތުރު އެއެއްވެސް ތަފްޞީލެއް ފުލުހުންގެ ޚިދުމަތުން ހާމަކޯށްފައިނުވެއެވެ.
ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ބަލާ ފާސްކުރަމުން ދަނިކޮށް މަރުވެފައި އޮތް މީހަކު ފެނުނު އެޕާޓްމަންޓަކީ މީހުން ދިރިނޫޅޭ އެޕާޓްމަންޓެއްކަމަށް ވަނީ މަޢޫލޫމާތު ލިބިފައެވެ.
މި މައްސަލަ އިތުރަށް ތަޙުޤީގުކުރަމުންދާކަމަށް ފުލުހުންގެ ޚިދުމަތުންވަނީ ވިދާޅުވެފައެވެ.