އުރުދުންގެ މިނިވަން ދުވަހުގެ ތަހުނިޔާ އެޤައުމުގެ ރަސްގެފާނު ޢަބްދުﷲ ބިން ޙުސައިން އަދި ބޮޑުވަޒީރު ބިޝަރު އަލްހަޞަވުން އަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
އުރުދުންގެ ރަސްގެފާނު އަބްދުﷲ އަދި ބޮޑުވަޒީރު އަލްހަޞަވުންއަށް ވަކިވަކިން ރައީސުލްޖުމުހޫރިއްޔާ ފޮނުއްވެވި މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އުރުދުންގެ ސަރުކާރަށާއި ރައްޔިތުންނަށް އެ ޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.
އެމަނިކުފާނު ފޮނުއްވެވި މެސެޖުގައި ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ރަސްގެފާނު އަބްދުﷲ އަދި ބޮޑުވަޒީރު އަލްހަޞަވުން ފުރިހަމަ ސިއްޙަތެއްގައި ލެހެއްޓެވުމަށާއި އުރުދުންއަށް ފާގަތި އުޖާލާ ކުރިމަގެއް އައުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
އުރުދުންގެ މިނިވަން ދުވަސް ފާހަގަ ކުރަނީ 1946 ވަނަ އަހަރު މެއި މަހު 25 ވަނަ ދުވަހު އޭރު އޮތް އުސްމާނީ ޚިލާފަތުގެ ދަށުން މިނިވަންކަން ހޯދުމަށް ފަހުގައެވެ.