ކ.އަތޮޅު ހެލެގެލި ރިސޯޓް ކައިރިން އަޑިއަށް ދިޔަ "ލޫން 2" ނަމަކަށް ކިޔާ ދޯނި ކަފުޖަހައިގެން ޤައުމީ ދިފާޢީ ބާރުގެ ކޯސްޓް ގާޑުން އެހެން ރަށަކަށް ގެންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އަޑިއަށްދިޔަ ދޯނީގެ ވެރިފަރާތުން ހަމަޖެއްސި އެހެން ދޯންޏެއްގައި ކަފުޖަހައިގެން ގެންދަނީ ކ. އަތޮޅު ގަމަރުގިރި އަށްކަމަށެވެ. އަދި އެސަރަޙައްދުގައި ކޯސްޓްގާޑުގެ ނޫރައްދީން ޙަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
ހަތަރު މީހުންނާއެކު ޅ.އަތޮޅަށް ދަތުރުކުރި "ލޫން 2" ނަމަކަށްކިޔާ އެ ދޯނި އަޑިއަށް ދާކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ރޭ 20:52 ގައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. ދޯނިން ދަތުރުކުރި 4 މީހުންގެ ޙާލު ރަނގަޅުކަމަށާއި އެމީހުން އެމްއެންޑީއެފްގެ ލޯންޗަކަށް ނަގާފައިވާކަމަށް ރޭ އެމްއެންޑީއެފްއިންވަނީ ހާމަކުރައްވާފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާ ހިނގީ ކަނޑުއޮޅިން ނުކުންނަށް އުޅުމުގެ ތެރޭގައި ގަލެއްގައި ޖެހިގެންކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.