ވިލާތުގެ ބައްރުގައި އެމެރިކާ ބިނާކުރާ މިސައިލް އައްޑަނައިގެ ނިޒާމަށް ރަޝިޔާއިން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
ރަޝިޔާގެ ޚާރިޖިއްޔާއިން ބުނީ މިނިޒާމަކީ އެމެރިކާއާއި ރަޝިޔާއާ ދެމެދު ސޮއިކޮށްފައިވާ ނިއުކްލިޔަރ މުއާހަދާއާ މުޅިން ޚިލާފު ނިޒާމެއް ކަމަށާ މިކަމުގެ ރައްދުގައި ރަޝިޔާވެސް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެކަމަށެވެ.
އެމެރިކާއިން މިސައިލް އައްޑަނައިގެ ނިޒާމު ބިނާކުރަނީ ރަޝިޔާގެ އަވަށްޓެރި ގައުމެއްކަމަށްވާ ރުމޭނިޔާގައެވެ. މިނިޒާމަށް އައްސަތޭކަ މިލިޔަން ޑޮލަރު ޚަރަދު ކުރުމަށް އެމެރިކާވަނީ ނިންމާފައެވެ. ރަޝިޔާ އިން ދެކެނީ މިއީ ރަޝިޔާގެ ނިއުކްލިޔަރ މިސައިލްތައް މަތަ ކުރުމުގެ މަޤްސަދުގައި އެމެރިކާ ބިނާކުރާ ނިޒާމެއްކަމަށެވެ. އެހެންކަމުން ރަޝިޔާގެ ވިސްނުމަކީ މިނިޒާމު ފޫއަޅުވާލެވޭވަރުގެ މިސައިލްތަކެއް އުފެއްދުންކަމަށް ތަޖުރިބާކާރުން ދެކެއެވެ.