ދުނިޔެ

ޖޯން ކެރީ، ސަލްމާން ރަސްގެފާނާއި ބައްދަލުކުރައްވައިފި


އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ، ސައޫދީ އަރަބިޔާއަށް ވަޑައިގެން އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއާ ބައްދަލުކުރައްވައިފިއެވެ. 

މިބައްދަލުކުރެއްވުމަށްފަހު ކެރީ ވިދާޅުވީ އޭނާ ސައޫދީ ރަސްގެފާނާއި މަޝްވަރާ ކުރެއްވީ ސޫރިޔާގެ ހަނގުރާމަ ހުއްޓުވޭނެ ގޮތްތަކާ ބެހޭގޮތުން ކަމަށެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ޝާމިލްވާ އިދިކޮޅު ޖަމާއަތްތަކުގެ މައްޗަށް ސައޫދީގެ ބާރާއި ނުފޫޒު ހިނގާތީ ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަސައްކަތުގައި ސައޫދީ ސަރުކާރަށް މުހިއްމު ދައުރެއް އަދާކުރެވިދާނެކަމަށް އެމެރިކާއިން ދެކެއެވެ. 

ސޫރިޔާގެ ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމެއް ވުޖޫދަށް ގެނައުމަށްޓަކައި އެމެރިކާއާއި ރަޝިޔާއާއި ޗައިނާއާއި ވިލާތުގެ އިއްތިޙާދާއި ތުރުކީވިލާތާއި އީރާނާއި އަރަބި ބައެއް ގައުމުތަކުގެ ޚާރިޖީ ވަޒީރުން އަންނަ އަންގާރަދުވަހު ވިއެނާގައި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.