ޚަބަރު

މާލޭގެ ކެފޭއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި


  • އަލިފާން ރޯވެފައިވަނީ ސަވާސްދީ ނަމަކަށްކިޔާ ކެފޭއެއްގެ ބަދިގޭގައި

  • އަލިފާން ވަނީ ކޮންޓްރޯލްކުރެވިފައި

  • ބިދޭސީއެއްގެ އަތް ފިހުނުކަމަށް މައުލޫމާތު ލިބޭ

މާލޭގެ ކެފޭއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ބުރުޒު މަގުގައި ހުންނަ ސަވާސްދީ ކެފޭގައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އަލިފާން ރޯވެފައިވަނީ ކެފޭގެ ބަދިގޭގައެވެ. އަދި ރޯވި އަލިފާން މިހާރު ކޮންޓްރޯލްކޮށްފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިޙާދިސާގައި އެ ކެފޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ އަތް ފިހުމާއި ގުޅިގެން އޭނާ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.