ޚަބަރު

ދިގު ދަތުރުތައް ނުކުރުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި


ރާއްޖޭގެ ސަރަޙައްދަށް ވައިގަދަވަމުންދާތީ މިވަގުތު ދުރު ރަށްތަކަށް ކުރާ ކަނޑުދަތުރަށް ނުފުރުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާ ދެއްވައިފިއެވެ.

އާދަޔާ ޚިލާފަށް ކަނޑުގަދަވުމުގެ ސަބަބުން މާލެއާއި ހުޅުމާލެއާއި އަދި މާލެއާއި ވިލިމާލެއާއި ދެމެދުގެ ފެރީ ދަތުރުރަށްވެސް މިއަދު ހަވީރުވަނީ މެދުކަނޑާލާފައެވެ. ކަނޑުދަތުރު ކުރަމުންދާ ފަރާތްތަކުންވެސް ބޮޑެތި ކަނޑުތަކަށް ނުނިކުތުމަށްވެސް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާދެއްވައެވެ. ހުޅަނގު މޫސުމުގެ ވިއްސާރައިގައި ވައިގަދަވާތީ މިއަދު ހަވީރު ފަސްގަޑި ސާޅީސް ފަހަކުން ފެށިގެން 4 ގަޑިއިރަށްވަނީ ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ޔެލޯ އެލަރޓް ނެރުއްވާފައެވެ.

މިހާރު ކުރަމުންމިދާ ވިއްސާރައިގައި އެވްރެޖް ގޮތެއްގައި 30 މޭލާ 40 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި ކެރިގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރައްވައެވެ.