މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ދާއިރާތަކަށް މެންބަރުން އިންތިޚާބުކުރުމަށް މިަދު ކުރިއަށްގެންދިޔަ ބައި-އިލެކްޝަންގައި މާލޭޣެ ތިން ދާއިރާވެސް ވެރިކަންކުރާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބުކޮކޮށްފިކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
މާލޭގައި ބައި އިލެކްޝަން ކުރިއަށްގެންދިޔައީ ހެންވޭރު ހުޅަނގު، މައްޗަންގޮޅި މެދު އަދި ހުޅުމާލެ ދާއިރާއަށް ކައުންސިލް މެންބަރުން އިންތިޚާބުކުރުމަށެވެ.
* ފާތިމަތު ޝައުފާ ސަލީމް – ހެންވޭރު ހުޅަނގު
* ފާޠިމަތު އިޝާން ޢަލީ – މައްޗަންގޮޅި މެދު
* ޢަލީ އައިމަން – ހުޅުމާލެ
މާލެ ސިޓި ކައުންސިލްގެ ހެންވޭރު ހުޅަނދު ދާއިރާގެ ގޮނޑި ހުސްވީ ކުރިން އެދާއިރާގެ ކައުންސިލް މެންބަރުކަމުގައި ހުންނެވި އަހްމަދު އައިފާން މަޖިލިސް އިންތިޚާބު ކާމިޔާބުކުރުމާއި ގުޅިގެންނެވެ.
މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ހުސްވީ އެދާއިރާގެ ކައުންސިލް މެންބަރުކަމުގައިހުންނެވި އަޙްމަދު ޟަމީރު މަޖިލިސް އިންތިޚާބު ކާމިޔާބުކުރައްވާ މެންބަރުކަމަށް ވަޑައިގަތުމުންނެވެ.
މީގެ އިތުރުން ހުޅުމާލެ ދާއިރާގެ ކައުންސިލް ގޮނޑި ހުސްވީ އެދާއިރާގެ ކައުންސިލް މެންބަރުކަމުގައި ހުންނެވި އިބްރާހީމް ސުޖާޢު ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާ މެންބަރުކަމަށް އިންތިޚާބުވެވަޑައިގަތުމުންނެވެ.
މިއަދު ބޭއްވި ބައި އިލެކްޝަންގައި ވެރިކަންކުރާ ޕާޓީ ޕީއެންސީއަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ.