އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައި-އިލެކްޝަނުގައި 51 ވޯޓު ފޮށި ބަހައްޓަން އެ ޕާޓީން ނިންމައިފިއެވެ.
އެޕާޓީގެ ޤައުމީ މަޖިލީހުގެ ބައި-އިލެކްޝަން ބާއްވާނީ އަންނަ އޯގަސްޓު މަހުގެ 2 ވަނަ ދުވަހުއެވެ. އިންތިޚާބު އޮންނާނީ އެދުވަހު 14:00 އިން ރޭގަނޑު 21:30 އާއި ހަމައަށެވެ.
މިބައި-އިލެކްޝަންގައި މާލޭ ސަރަހައްދުގައި 27 ފޮށްޓެއް ބަހައްޓާއިރު، ރަށްރަށުގައި 24 ފޮޓެއް ބަހައްޓާނެއެވެ. މިބައި-އިލެކްޝަންގައި ރަށްރަށުގެ 9 ދާއިރާއަކަށާއި މާލެ ސަރަހައްދުގެ 17 ދާއިރާއެއްގެ މެމްބަރުން އިންތިޚާބުކުރާނެއެވެ.
މި އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލީ މި ހިނގާ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ.