ތިނަދޫ ސިޓީއަށް ދިމާވި ފެނުގެ މައްސަލަ ވަގުތީގޮތުން ޙައްލުކޮށްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން ބުނީ ތިނަދޫ ސިޓީގެ ފެންޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލަ ވަގުތީގޮތުން ޙައްލުކޮށް، ޕްލާންޓް އޮޕަރޭޝަނަށް ގެނެވި ފެން އުފައްދަން ފަށާފައިވާކަމަށެވެ. އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް އެކުންފުނީގެ ޓެކްނިކަލް ޓީމުން ދަނީ ކުރަމުންކަމަށް ފެނަކައިން ބުންޏެވެ. އަދި މި މަސަައްކަތް ކުރިއަށްދާއިރު، ބައެއް ގަޑިތަކުގައި ފެނުގެ ޚިދުމަތް މެނދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް ފެނަކައިން ބުންޏެވެ.
ގދ. ތިނަދޫ ފެންޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލަ ވަގުތީގޮތުން ޙައްލުކޮށް، ޕްލާންޓް އޮޕަރޭޝަނަށް ގެނެވި ފެން އުފައްދަން ވަނީ ފެށިފައެވެ. ދާއިމީކޮށް މައްސަލަ ޙައްލުކުރުމުގެ މަސައްކަތް އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން ދަނީ ކުރަމުންނެވެ. އެހެންކަމުން ބައެއް ގަޑިތަކުގައި ފެނުގެ…
— Fenaka Corporation Ltd (@TeamFenaka) July 30, 2024
ތިނަދޫ ފެން ޕްލާންޓަށް މައްސަލައެއް ދިމާވެފައިވަނީ ޖުލައި 27ގައެވެ. އަދި 2 ދުވަސްތެރޭ މައްސަލަ ހައްލުކޮށް ހިދުމަތްދޭން ފެށިކަން ފެނަކައިން ފާހަގަކުރެއެވެ.