ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް ދިވެހިރާއްޖެއިން ފައިސާގެ އެހީއެއް ވެދެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.
މިހާރު ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިޘާތައް ހިނގުމުގެ ސަބަބުން، އެތައް ބަޔަކު ހާލުގައި ޖެހިފައިވެއެވެ.