ޚަބަރު

ދަތުގެ ފަރުވާގެ ޒަމާނީ ޚިދުމަތާއެކު "މައި ފެމިލީ ޑެންޓިސްޓް ކްލިނިކު" ހިޔާ ޓަވަރުގައި ހުޅުވައިފި


  • މިތަނުން 3 ޑޮކްޓަރުން ބައްލަވާނެ

  • ދަތުގެ ފަރުވާ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފޯރުކޮށްދޭނެ

"މައި ފެމިލީ ޑެންޓިސްޓް" ގެ ނަމުގައި ދަތުގެ ފަރުވާއަށް ޚާއްސަ ކްލިނިކެއް ހުޅުމާލެ ހިޔާ ޓަވަރު 3 ގައި ހުޅުވައިފިއެވެ.

މި ކްލިނިކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ ކްލިނިކްތަކާއި ހޮސްޕިޓަލްތަކަށް ޞިއްޙީ ދާއިރާގެ އެކި ވަޞީލަތްތައް ފޯރުކޮށްދެމުންދާ ނާޑު ޕްރައިވެޓް ލިމިޓެޑުން ހުޅުވި ކްލިނިކެކެވެ.

މި ކްލިނިކަކަކީ ސްރީލަންކާގައި ފުޅާ ދާއިރާއެއްގައި ޑެންޓަލް ޚިދުމަތް ފޯރުކޮށްދޭ މައި-ޑެންޓިސްޓާ ގުޅިގެން ޤާއިމުކުރި ޑެންޓަލް ކްލިނިކެކެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުގެ ފަރުވާގެ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ފެށި ކްލިނިކެއްކަމަށް ނާޑު ކުންފުނިން ބުނެއެވެ.

ނާޑުގެ އަމާޒަކީ މައި ފެމިލީ ޑެންޓިސްޓްގެ ކްލިނިކްތައް މާލޭގެ އެކި އަވަށްތަކުގައިވެސް ޤާއިމްކުރުން ކަމުގައި ނާޑު ކުންފުނިން ބުންޏެވެ.

މައި ފަމިލީ ޑެންޓިސްޓަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަތުގެ އެކި ފަރުވާތައް ފޯރުކޮށްދެވޭ ގޮތަށް ފަރުމާކުރެވިފައިވާ ކްލިނެކެކެވެ. މި ކްލިނިކްގައި ޚިދުމަތް ދޭނީ ތަޖުރިބާކާރު ޕްރޮފެޝަނަލް ޑެންޓިސްޓުންގެ ޓީމަކުންނެވެ.

އެގޮތުން މިވަގުތު 3 ޑޮކްޓަރުންނާއެކު ޚިދުމަތް ފަށާއިރު، މި ކްލިނިކުގައި 3 ކޮޓަރިއެއްގައި ބަލި މީހުން ބަލާނެއެވެ. މިއިން ކޮންމެ ކޮޓަރިއަކީވެސް އެންމެފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު ދަތުގެ ފަރުވާ ދިނުމަށް ތައްޔާރުކޮށްފައިވާ ކޮޓަރިތަކެއް ކަމަށް ނާޑު ކުންފުނިން ބުނެއެވެ.

ނާޑުއިން ބުނީ މި ކްލިނިކުގެ ޚިދުމަތް ފެށޭއިރު، އާންމުކޮށް ރާއްޖޭގައި ދެވޭ ދަތުގެ ހުރިހާ ފަރުވާއެއް ދެވޭނެ ކަމަށެވެ. އަދި ދަތުގެ ކޮސްމެޓިކް ޚިދުމަތްތައްދޭއިރު، ކުރިއަށް އޮތް ތަނުގައި ދަތުގެ އޮޕަރޭޝަންތައް ކުރުމަށްވެސް ތައްޔާރުވަމުން އަންނަ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.