ތިމާވެށި

ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ފަށައިފި


ހއ.ހޯރަފުށީގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު އެންވާރަމެންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.

ދައުލަތުގެ ބަޖެޓުން 19 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ހިންގަވާ މި މަޝްރޫޢުގެ ދަށުން ހއ. ހޯރަފުށީގެ ގިރާ ސަރަޙައްދުގައި ބޮޑުހިލަ ޖަހައިގެން 800 މީޓަރުގެ ދިގު ތޮއްޓެއް ލާގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އިރު އުތުރުފަރާތުގައި 570 މީޓަރު އަދި އިރުދެކުނު ފަރާތުގައި 230 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވެއެވެ.

އެމްޓީސީސީއާ ޙަވާލުކުރައްވައިގެން ކުރިއަށް ގެންދަވާ މި މަޝްރޫޢުގެ މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.