ޚަބަރު

ބީއެމްއެލްގެ ބޯޑުން ހުސްވެފައިވާ މަޤާމުތަކަށް ޑިރެކްޓަރުން އައްޔަންކުރަން އާންމު ޖަލްސާއެއް ބާއްވަނީ


  • މި ޖަލްސާ އޮންނާނީ ސެޕްޓެމްބަރު މަހު 21 ވަނަ ދުވަހު

ބޭންކް އޮފް މޯލްޑިވްސް ޑިރެކްޓަރުން ބޯޑުން ހުސްވެފައިވާ މަޤާމުތަކަށް ޑިރެކްޓަރުން އައްޔަން ކުރުމަށް ޚާއްސަ އާންމު ޖަލްސާއެއް އަންނަ މަހު ބާއްވާނެކަމަށް އެބޭންކުން ހާމަކުރައްވައިފިއެވެ.

ބީއެމްއެލްއިން ވިދާޅުވީ ޚާއްސަ އާންމު ޖަލްސާއެއް ބާއްވަނީ މާލީ ވުޒާރާއިން އެކަމަށް މިދިޔަ އޮގަސްޓު މަހުގެ 24 ވަނަ ދުވަހު އެދިފައި އޮތުމުންކަމަށެވެ.

ބީއެމްއެލްއިން ވިދާޅުވީ ހުސްވެފައިވާ ޑިރެކްޓަރުންގެ މަގާމަށް ބޭފުޅުން އައްޔަންކުރުމަށް ބާއްވާ ޖަލްސާ އޮންނަނީ އަންނަ މަހު 21 ވަނަ ދުވަހުކަމަށެވެ. އަދި މިޖަލްސާގައި ބައިވެރިވެވޭނީ 10 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ހިއްސާދާރުންނަށްކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

އޮންލައިންކޮށް ބާއްވާ މިޖަލްސާގައި ވޯޓުލުން ކުރިއަށް ގެންދާނީ "ފަހިވޯޓް" މެދުވެރިކޮށް ކަމަށާއި، ރަޖިސްޓްރީ ކުރާ ހިއްސާދާރުންނަށް "ފަހިވޯޓް"ގެ ލޮގިން ތަފްސީލު ފޮނުވާނެކަމަށްވެސް ބޭންކުން ބުނެއެވެ.