ޚަބަރު

އެލައިޑު ލައިފް ޕޮލިސީ: ފުރަތަމަ މަހު ޕްރިމިއަމްގެ %50 އެލައިޑުން ދައްކައިދޭނެ


  • މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަހަރުގެ ނިޔަލަށް

  • ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޕޮލިސީއަށް އެދޭ ފުރަތަމަ 50 ކަސްޓަމަރުންނަށް

އެލައިޑުގެ ލައިފް އިންޝުއަރެންސް ޕްލޭން ނަގާ ފަރާތްތަކަށް ފުރަތަމަ މަހުގެ ޕްރިމިއަމްއިން 50 އިންސައްތަ ޑިސްކައުންޓް ދޭގޮތަށް އެކުންފުނިން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

"އެލައިޑް ލައިފް"ގެ ނަމުގައި މިއަހަރުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން ލައިފް އިންޝުއަރެންސް ނަންގަވާ ފަރާތްތަކަށް ފުރަތަމަ މަހުގެ ޕްރިމިއަމްގެ 50 އިންސައްތަ އެކުންފުނިން ދައްކައިދޭނެ ކަމަށް އެލައިންޑުން ބުނެއެވެ.

މިޕްރޮމޯޝަންގެ މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެލައިޑް ކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން ވިދާޅުވީ، މި ޕްރޮމޯޝަން އެކުންފުނިން ހިންގުމަށް ހަމަޖެހިފައިވަނީ 50 ކަސްޓަމަރުން ހަމަވަންދެންކަމަށެވެ.

"މި ޕްރޮމޯޝަން ހުޅުވިފައި މިވަނީ އެންމެ ފުރަތަމަ ނަންގަވާ 50 ފަރާތައް. އެ މުއްދަތުގެ ކުރިން އަޅުގަނޑުމެންނަށް 50 ޕޮލިސީ އަޅުގަނޑުމެންނަށް ލިބިއްޖެ ކަމަށްވެއްޖެއިއްޔާ ނުވަތަ 50 ކަސްޓަމަރުން ގުޅިއްޖެ ކަމަށްވެއްޖެއިއްޔާ ޕްރޮމޯޝަން އެހާ ހިސާބުން ނިމޭނެ. އެހެންނަމަވެސް 50 ކަސްޓަމަރުން ހަމަވެންދެން އަޅުގަނޑުމެން ކުރިއަށްގެންދާނަން. އެއީ ފުރަތަމަ މަހުގެ ޕްރިމިއަމްގެ 50 ޕަސެންޓް ދައްކައިދިނުން " ފިރުޝާން ވިދާޅުވިއެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ލައިފް އިންޝުއަރެންސަށް މީހުން ހޭލުންތެރިކުރުމަށް އިތުރު ހަރަކާތްތައް ކުރިއަށްގެންދަން އެލައިޑް އިންޝުއަރެންސްއިން ވަނީ ނިންމާފައެވެ. އެގޮތުން ސެޕްޓެމްބަރު 13 ވަނަ ދުވަހު ބާއްވާ އެލައިޑު ފެސްޓުގެ ތެރެއިންވެސް ލައިފް ޕްރޮމޯޝަންގެ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ. އެގޮތުން ފެސްޓް އޮންނާނީ އެދުވަހު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މި ފެސްޓުގެ ތެރެއިން "އެލައިޑް ލައިފް" ޕޮލިސީ ނަންގަވަން ބޭނުންވާ ފަރާތްތަކަށް ވަގުތުން އެސެސްމެންޓް ހަދައިދިނުމާއި ކޯޓޭޝަން ދެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެލައިޑުގެ ލައިފް އިންޝުއަރެންސް ސްކީމަކީ، އެމީހަކު ދުނިޔޭގައި ނެތް ހާލަތުގައިވެސް ޢާއިލާއަށް އެހީވުމުގެ ގޮތުން ނުވަތަ ފަހަށް ރައްކާކުރުމުގެ ގޮތުންވެސް ނެގިދާނެ ޕޮލިސީއެއް ކަމަށް އެލައިޑުން ފާހަގަކުރެއެވެ. އައި އޭގެ ސަބަބުން ތިމާ ނެތް ހާލަތުގައިވެސް ޢާއިލާއަށް ބޭނުންވާ އެހީ އިންޝުއަރެންސްގެ ޒަރީއްޔާއިން ފޯރުކޮށްދެވިގެންދާ ކަމަށް އެކުންފުނިން ބުނެއެވެ.

ފަހަށް ރައްކާކުރާ ފަރާތްތަކަށް ޕޮލިސީގެ މުއްދަތު ހަމަވުމުން އެއްފަހަރާ ފައިސާ ލިބޭއިރު، މިގޮތަށް ޕޮލިސީ ނަގާފައިވާނަމަ މުއްދަތު ހަމަ ނުވިނަމަވެސް ދިމާވާ ހާލަތުން، ޕޮލިސީ ނެގި މީހާ ނިޔާވި ނަމަވެސް އެ ޕޮލިސީއަށްވާ ފައިސާ ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ.