ރޯގާއާއި ކެއްސުމަށް، އާއްމުގޮތެއްގައި ކުޑަކުދިންނަށް ދޭ ބޭހެއްކަމަށްވާ ކޮފްސީ ސިރަޕް ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން އަލުންދީފިއެވެ.
މި ބޭހުގެ ކޮލިޓީގެ މައްސަލަތަކަށް ފާހަގަކުރެވި ވަކި ގޮތެއް އަންގަންދެން އެބޭސް ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި، ބޭނުން ކުރުން އެމްއެފްޑީއޭއިން މަނާކުރީ މިދިޔަ އޮގަސްޓްމަހުގެ 19 ވަނަ ދުވަހުއެވެ. އޭރު މި ބޭސް ބޭނުންކުރުން މަނާކުރީ ކުނޑި ކޮޅުތަކެއް ހުންނަކަން ފާހަގަކުރެވިގެންނެވެ.
— MFDA (@MFDA_mv) September 29, 2024
އެމްއެފްޑީއޭއިން ވިދާޅުވީ، އެވަގުތު ބާޒާރުގައި ހުރި ބެޗްތަކުގެ ސާމްޕަލް ނަގައި، އިތުރު ޓެސްޓުތައް ހަދާފައިވާ ކަމަށެވެ. އަދި ތަޙުޤީޤުތަކުން ދައްކާފައިވާ ގޮތުގައި ބޭހުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އެ އޮތޯރިޓީން ވަނީ ކަށަވަރުކޮށްދީފައެވެ.
މިއަދުން ފެށިގެން ކޮފްސީ ސިރަޕް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމުގެ ހުއްދަ އަނެއްކާވެސް ދީފާވާކަމަށް އެމްއެފްޑީއޭ ވިދާޅުވެއެވެ.
މި ބޭހަކީ އިންޑިއާގެ އެމްއެމްސީ ހެލްތު ކެއަރ ލިމިޓެޑް ކިޔާ ކުންފުންޏަކުން އުފައްދާ ބޭހެކެވެ.