ޚަބަރު

ފިސްތޯލަ ގެންގުޅުނު މައްސަލައިގެ ހުކުމް އިއްވުން މިރޭ


ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބު ފިސްތޯލައެއް ގެންގުޅުނުކަމަށް ބުނާ މައްސަލައިގެ ޙުކުމް އިއްވުން މިރެއަށް ތާވަލްކޮށްފިއެވެ.

ޙުކުމް އިއްވުން ތާވަލް ކޮށްފައިވަނީ މިރޭ 8:00އަށެވެ.

މި މައްސަލައިގެ ޙުކުމް އިއްވުމަށް ބާއްވަވާ ޝަރީޢަތުގެ މަޖްލިސްވެސް ޤައުމީ ސަލާމަތަށްޓަކާއި ސިއްރުކޮށްފައިވާކަމަށް ކުރިމިނަލްކޯޓުން ވިދާޅުވެއެވެ.

އަޙްމަދު އަދީބު ފިސްތޯލަ ގެންގުޅުއްވިކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވަނީ ޓެރަރިޒަމްގެ ދައުވާއެވެ. އަދީބު ދިރިއުޅުއްވި ގ.ހުމަށިގޭ އެޕާރޓްމެންޓްގައި ދެ ފިސްތޯލައާއި ގޮވާތަކެތި ގެންގުޅުނުކަމަށް ދެ މީހަކު ހެކިބަސްދީފައިވޭ.