މިއަދު މެންދުރުން ފެށިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ މޫސުން ރަނގަޅުވާން ފަށާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މިއަދު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ވިއްސާރައިގެ އަސަރުކުރާނެކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. އަދި އުތުރުގެ ރަށްތަކަށް މިއަދު މެންދުރުފަހު މޫސުން ރަނގަޅުވާން ފަށާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.
މިއަދު 06:45 އިން ފެށިގެން 10:45 އާއި ހަމައަށް މެޓް އޮފީހުން ވަނީ ރާއްޖޭގެ ދެކުނަށް ރީނދޫ ސަމާލު ނެރެފައެވެ. އަދި 06:00 އިން ފެށިގެން 10:00 އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ. ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާހަމައަށެވެ. އަދި ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ފ އަތޮޅާއި ހަމައަށެވެ.
Alert Yellow for torrential rain and thunderstorms with gusts of 45 mph. pic.twitter.com/WUWIRXaaPP
— Maldives Meteorology (@MetMaldives) October 1, 2024
ރީނދޫ ސަމާލު ނެރެފައިވަނީ ބޯކޮށްވާރޭވެހުމާއެކު، ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނޭކަމަށް ލަފާކުރެވޭތީކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. ހުދު ސަމާލު ނެރެފައިވަނީ ބޯކޮށްވާރޭވެހުމާއެކު، ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނޭކަމަށް ލަފާކުރެވޭތީކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
Alert White for Heavy showers and thunderstorms with gusts of 40mph. pic.twitter.com/8L5T72079g
— Maldives Meteorology (@MetMaldives) October 1, 2024
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް މިއަދު ގަދަވާނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރުކުރާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމުން ދަތުރުފަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.