ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތެއް ކުރާތީ، މާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ވިދާޅުވީ، އެކުންފުނިން މާލޭ ސަރަޙައްދުގައި ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް މާދަމާ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި މަސައްކަތް ކުރިއަށްދާނީ މާދަމާ ހެނދުނު 09:30 އިން 11:30 އަށް އަދި މެންދުރުފަހު 2:00 އާއި 4:00 ދެމެދުކަމަށް އެކުންފުނިން ވިދާޅުވެއެވެ.
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ފާށަނާކިލެގެފާނު މަގު އަދި ބޮޑުރަސްގެފާނު މަގު ހިމެނޭ ސަރަޙައްދުން މާދަމާ (2 އޮކްޓޫބަރު 2024) ހެނދުނު 09:30 އާއި 11:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް. ދިމާވެދާނެ ދަތިތަކަށް… pic.twitter.com/Vi7aGTnvV9
— STELCO (@STELCOMALDIVES) October 1, 2024
ސްޓެލްކޯއިން ވިދާޅުވީ، މާދަމާ ހެނދުނު 09:30 އާއި 11:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވަނީ މާލެ ސިޓީ، ފާށަނާކިލެގެފާނު މަގު އަދި ބޮޑުރަސްގެފާނު މަގު ހިމެނޭ ސަރަޙައްދުންކަމަށެވެ. އަދި މެންދުރުފަހު 2:00 އާއި 3:00 އާ ދެމެދު ކަރަންޓް ކެނޑުން އެކަށީގެންވަނީ މާލެ ސިޓީ، ފަރީދީ މަގު، ލިލީ ގޯޅި، ނަރުގަސް ގޯޅި އަދި ޗަންޕާ މަގު ހިމެނޭ ސަރަޙައްދުންކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެއެވެ.
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ފަރީދީ މަގު، ލިލީ ގޯޅި، ނަރުގަސް ގޯޅި އަދި ޗަންޕާ މަގު ހިމެނޭ ސަރަޙައްދުން މާދަމާ (2 އޮކްޓޫބަރު 2024) މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް.… pic.twitter.com/6zhmHXJFkc
— STELCO (@STELCOMALDIVES) October 1, 2024
ސްޓެލްކޯއިން ވިދާޅުވީ ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެތީ، އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭކަމަށެވެ.