ކުޅިވަރު

މެޗާމެދު ސީރިއަސް - ޔަމަން ކޯޗު


ރާއްޖެއާއި ދެކޮޅަށް ކުޅޭ އޭޝިޔަން ކަޕް ކޮލިފައިންގ ޕްލޭއޮފްގެ ދެވަނަލެގުގެ މެޗާއި މެދުވެސް ސީރިއަސްކަމަށް ޔަމަން ޓީމްގެ ކޯޗު ބުނެފިއެވެ. ދޯހާގައި ޔެސްޓީވީން ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނީ މިއީ މުޅިން ތަފާތުމެޗެއްކަމަށާއި، ރާއްޖެއަކީވެސް ރަނގަޅު ޓީމެއްކަމަށެވެ. 

ރާއްޖެއަށްދޭންޖެހޭ އިހްތިރާމް ދީގެން މެޗަށް ނިކުންނާނީ ސީދާ ތިން ޕޮއިންޓަށްކަމަށް އޭނާ ބުންޏެވެ.ކޯޗަށް އޮތް އިތުރު ހިތްހަމަޖެހުމަކީ ފުރަތަމަ ލެގުގައި ނުކުޅެވުނު ޤައުމީ ޓީމްގެމުޙިއްމު ކުޅުންތެރިއަކު ދެވަނަ ލެގުގެ މެޗަށް ޓީމާއި ގުޅިފައިވުމެވެ.

" ފުރަތަމަ ލެގުގައި ނުކުޅޭ ޓީމްގެ މުޙިއްމު ކުޅުންތެރިއަކުވެސް ވަނީ ޓީމާ ގުޅިފަ. މުޅި ޓީމް އޮތީ ރަނގަޅަށް. ހުރިހާ ކުޅުންތެރިންވެސް ފިޓް. މިއީ މުޅިން ތަފާތު މެޗެއް. މެޗާއި މެދު އަހަރެމެން ވަރަށް ސީރިއަސް. " ކޯޗު ބުންޏެވެ.

ފުރަތަމަ ލެގުގެ މެޗު ޔަމަން ކާމިޔާބުކުރީ 2-0 ނެވެ.