ކުޅިވަރު

ޕީކޭގެ ގޯލުން ސްޕެއިން މޮޅުވެއްޖެ


މެޗުނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޖެރާޑް ޕީކޭ ކާމިޔާބުކޮށްދިން ލަނޑާއެކު އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަނުން ސްޕެއިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.

ސްޕެއިން އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މިމެޗު ނިމުނީ އެކެއް ސުމަކުން ސްޕެއިން ކުރި ހޯދައިގެންނެވެ. މެޗު ހަމައެކަނި ލަނޑު ޕީކޭ ކާމިޔާބުކޮށްދިން ނަމަވެސް ސްޕެއިންގެ ގިނަ ކުޅުންތެރިންތަކަކަށް ވަނީ ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންގޮސްފައެވެ. އެހެންނަމަވެސް ޗެކް ރިޕަބްލިކްގެ ގޯލް ކީޕަރު ޕީޓަރ ޗެކް ވަނީ އޭނާގެ ގޯލާ ދިމާލަށް ފޮނުވާލި ގިނަ ހަމަލާތައް ދިފާއުކޮށް މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

މިމެޗުން ލިބުނު 3 ޕޮއިންޓާއެކު ސްޕެއިން ވަނީ ގްރޫޕް ޑީގެ އެއްވަނާގައި އޮތް ކްރޮއޭޝިއާ އާއި އެއްވަރުކޮށްފައެވެ.