ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށްގެންދިޔަ ފަސްވަނަ ކިޑްސް ސްވިމިން ފެސްޓިވަލްގެ ހުރިހާ ކެޓެގަރީއަކުން މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން (އެމްއެލްއޭ) އެއްވަނަ ހޯދައިފިއެވެ.
އެގޮތުން ކިޑްސް އޭ ކެޓަގަރީ (2017-2016) ވަނަ އަހަރުގެ އަންހެން އަދި ފިރިހެން ކެޓަގަރީއިން އެމްއެލްއޭ އިން ވަނީ އެއްވަނަ ހޯދަފައެވެ. މީގެއިތުރުން (2014 އާއި 2015) ވަނަ އަހަރު އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ބައިން އެއް ވަނަ ހޯދުމުގެ އިތުރުން، ކިޑްސް ސީ ކެޓަގަރީ (2013) ވަނަ އަހަރުގެ އަންހެން އަދި ފިރިހެން ކުދިންގެ ބައިން ވަނީ އެއް ވަނަ ހޯދައިފަ އެވެ.
ކްލަބް ބޮޑުރިޔާއިން ވަނީ ކިޑްސް އޭ ކެޓަގަރީ (2017-2016) ވަނަ އަހަރުގެ ފިރިހެން ކެޓަގަރީއިން ދެވަނަ އަދި އަންހެން ކެޓަގަރީއިން ވަނީ ތިންވަނަ ހޯދަފައެވެ. އަދި ކިޑްސް ބީ ކެޓަގަރީއިން (2015-2014) ވަނަ އަހަރުގެ ފިރިހެން ކެޓަގަރީއިން ދެވަނަ އަދި އަންހެން ތިންވަނަ ވަނީ ހޯދާފައެވެ. އަދި ކިޑްސް ސީ ކެޓަގަރީއިން (2013) ވަނަ އަހަރުގެ ފިރިހެން ބައިން ދެވަނަ އަދި އަންހެން ބައިން ތިންވަނަ ވަނީ ހޯދާފައެވެ.
ދެން އެންމެ ރަނގަޅު ނަތީޖާ ހޯދި ނިއު ލެގޫން ސްވިމިންގް ކުލަބުންވަނީ ކިޑްސް އޭ ކެޓަގަރީ (2017-2016) ވަނަ އަހަރުގެ އަންހެން ބައިން ދެވަނަ ހޯދާފައެވެ. އަދި ކިޑްސް ބީ ކެޓަގަރީއިން (2015-2014) ވަނަ އަހަރުގެ އަންހެން ބައިން ދެވަނަ އަދި ފިރިހެން ބައިން ތިންވަނަ ހޯދާފައެވެ. އަދި ކިޑްސް ސީ ކެޓަގަރީއިން (2013) ވަނަ އަހަރުގެ އަންހެން ބައިން ދެވަނަ އަދި ފިރިހެން ބައިން ތިންވަނަ ހޯދާފައެވެ.
މީގެއިތުރުން މޫދުމަލިމީއިން ވަނީ ކިޑްސް އޭ ކެޓަގަރީ (2017-2016) ވަނަ އަހަރުގެ ފިރިހެން ބައިން ތިންވަނަ ހޯދާފައެވެ.
މި މުބާރާތުގައި ބައިވެރިވި ކުލަބުތަކުގެ ތެރެއިން ބޮޑުރިޔާއިން ވަނީ 76 ކުދިން، އަކުއަފީނާ އިން 30 ކުދިން، ގާޑިއަން ސްޕޯޓްސް ކްލަބް އިން 25 ކުދިން، އެމްއެލްއޭ އިން 61 ކުދިން، މޫދު މާލިމީ އިން 28 ކުދިން، ނިއު ލެގޫންސް ސްވިމިން ކްލަބުން 43 ކުދިން، ސޯލްޓެޑް ވެންޗާސް ސްވިމާސް އިން 15 ކުދިން، އަދި ސްޕޯޓްސް ނޭޗާ އިން 40 ކުދިންގެ އިތުރުން، އެއްވެސް ކްލަބަކާ ނުގުޅި 107 ކުދިން ބައިވެރިވެފައެވެ.