ޚަބަރު

ބޮޓްސްވާނާ މުބާރާތުން ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްއަށް ފަސް މެޑެލް


ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރި ހަތަރު ކެޓެގަރީއަކުން ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ އެތުލީޓުން ޖުމްލަ ފަސް މެޑެލް ހޯދައިފިއެވެ.

މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުގައި ބައްދަލުކުރީ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާއެވެ. އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފެނިގެންދިޔައީ މި ކެޓެގަރީގައި ނަބާހާ ހޯދީ ރަން މެޑެއްޔެވެ. އެއާއެކު އަންހެން ސިންގަލްސްގެ ރިހި މެޑެލް ލިބުނީ ނަބީހާއަށެވެ.

ރިވައިވަލް ސްޕޯޓްސްއިން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ އެއްމާބަނޑު މި ދެ ބެއިންގެ ފައިނަލް ނަބާހާ ކާމިޔާބުކޮށްފައިވަނީ 2-1 ސެޓުންނެވެ. ފުރަތަމަ ސެޓު ނަބާހާ ގެންދިޔައީ 22-20 ގެ ނަތީޖާއަކުންނެވެ. ދެވަނަ ސެޓު 21-14 އިން ނަބީހާ ކާމިޔާބުކުރި ނަމަވެސް، ފަހު ސެޓު ނަބާހާ ކާމިޔާބުކުރީ 21-15 އިންނެވެ. ނަބާހާ އާއި ނަބީހާގެ މި ކުރިމަތިލުމަކީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަނުން ގަބޫލުކުރާ މުބާރާތެއްގެ ފައިނަލުގައި ރާއްޖެ ދެ ކުޅުންތެރިން ކުރިމަތިލި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ދެން މެޑެލް ހޯދާފައިވަނީ މިކްސް ޑަބަލްސް އިންނެވެ. އެގޮތުން މިކްސް ޑަބަލްސް ކެޓެގަރީން ރިހި މެޑެލް ހޯދާފައިވަނީ ނަބާހާ އާއި ޒަޔާން ޝަހީދު ޒަކީގެ ޕެއާއެވެ. މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލުއެފް) ގެ ރުހުން ލިބިފައިވާ މުބާރާތަކުން މި ޕެއާ ހޯދި ފަސްވަނަ މެެޑެއްޔެވެ.

މީގެ އިތުރުން ފިރިހެން ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނިބާލް އަޙްމަދުގެ ޕެއާގެ ލޯ މެޑެލް ހޯދާފައިވާއިރު، އަންހެން ޑަބަލްސްގައި ނަބާހާ އާއި ނަބީހާގެ ޕެއާ ވަނީ ލޯ މެޑެލް ހޯދާފައެވެ.

ބޮޓްސްވާނާ މުބާރާތުގެ މިކްސް ޑަބަލްސް ފައިނަލުގައި ޒަޔާން އާއި ނަބާގެ ޕެއާއިން ނުކުތީ އަޒަރުބައިޖާންގެ އާގިލް ގަބިލޯވް އާއި އީރާ މަފްތުހާގެ ޕެއާއާ ދެކޮޅަށެެވެ. މި މެޗުން އާގިލް އާއި އީރާގެ ޕެއާ މޮޅުވީ، 23-21 އާއި 21-18 އިންނެވެ.