ޚަބަރު

ފިފްޕްރޯ އެވޯޑަށް ސިޓީގެ ހަތް ކުޅުންތެރިއަކު ނޮމިނޭޓްވެއްޖެ


ފިފްޕްރޯ އިން ހޮވާ އަހަރުގެ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި އިނގިރޭސި ޕްރިމިއަރ ލީގުގެ މުޅިއެކު 11 ކުޅުންތެރިން ނޮމިނޭޓް ވެފައިވާއިރު، އޭގެ ތެރޭގައި މެންޗެސްޓާ ސިޓީގެ ހަތް ކުޅުންތެރިއަކު ހިމެނިއްޖެއެވެ.

އެންމެ ފަހުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަން، ސިޓީ އަށް ވުރެ ގިނަ ކުޅުންތެރިން މި އެވޯޑަށް ނޮމިނޭޓްވެފައިވަނީ ސްޕެއިނުގެ ރެއާލް މެޑްރިޑުންނެވެ. އެ ޓީމުގެ އަށް ކުޅުންތެރިން ހިމެނެއެވެ. އޭގެތެރޭގައި، ރެއާލަށް މި ފަހަރުގެ ސީޒަނަށް ބަދަލުވި ޕީއެސްޖީގެ ކުރީގެ ތަރި، ކީލިއަން އެމްބާޕޭ ހިމެނެއެވެ.

ފިފްޕްރޯ އެވޯޑަށް ނޮމިނޭޓްވެފައިވާ ސިޓީގެ ކުޅުންތެރިންނަކީ؛ ގޯލްކީޕަރު، އެޑަސަން މޮރައެސް، ޑިފެންޑަރުން ކަމަށްވާ، ރުބެން ޑިއާސް އާއި ކައިލް ވޯކާ އާއި މިޑްފީލްޑަރުންގެ ތެރޭގައި، ރޮޑްރީ، ކެވިން ޑި ބްރޭނާ، ފިލް ފޯޑެން އަދި ފޯވާޑް، އާލިން ހާލަންޑް އެވެ.

އިންގްލެންޑާއި ޗެލްސީގެ ފޯވާޑް، ކޯލް ޕާމާ ވަނީ ފުރަތަމަ ފަހަރަށް މި އެވޯޑަށް ޝޯޓްލިސްޓް ވެފައެވެ. ސިޓީން ޗެލްސީ އަށް އޭނާ ބަދަލުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ގައެވެ.

މި ފަހަރުގެ އެވޯޑަށް ނޮމިނޭޓްވި 26 ކުޅުންތެރިންގެ ތެރޭގައި؛ ބަޔާން މިއުނިކްގެ އިނގިރޭސި ފޯވާޑް، ހެރީ ކޭން އާއި ރެއާލްގެ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމްގެ އިތުރުން އެސްޓަން ވިލާގެ އާޖެންޓީނާ ގޯލްކީޕަރު، އެމިލިއާނޯ މާޓިނޭޒް އާއި ޔޫރަޕުން ބޭރުގައި ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ހިމެނެއެވެ.

މި އަހަރުގެ ފިފްޕްރޯ އެވޯޑް ލިބޭ ފަރާތްތައް އިއުލާންކުރާނީ މި ޑިސެންބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ފީފާ ބެސްޓް އެވޯޑްސް ހަފްލާގައެވެ.

ފިފްޕްރޯ ފިރިހެނުންގެ ދުނިޔޭގެ 11 އަށް ވާދަކުރާ ކުޅުންތެރިން:

  • ގޯލްކީޕަރުން: އެޑަސަން މޮރައެސް (މެންޗެސްޓަރ ސިޓީ، ބްރެޒިލް)، އެމިލިއާނޯ މާޓިނެޒް (އެސްޓަން ވިލާ، އާޖެންޓީނާ)، މެނުއެލް ނޯޔާ (ބަޔާން މިއުނިކް، ޖާމަނީ)
  • ޑިފެންޑަރުން: ޑަނީ ކާވަހާލް (ރެއާލް މެޑްރިޑް، ސްޕެއިން)، ރުބެން ޑިއާސް (މެންޗެސްޓަރ ސިޓީ، ޕޯޗުގަލް)، ވާޖިލް ވެން ޑައިކް (ލިވަޕޫލް، ނެދަލެންޑްސް)، ޖެރެމީ ފްރިމްޕޮންގް (ބަޔާ ލެވަކޫސަން، ނެދަލެންޑްސް)، އެންޓޯނިއޯ ރުޑިގާ (ރެއާލް މެޑްރިޑް، ޖާމަނީ)، ވިލިއަމް ސަލީބާ (އާސެނަލް، ފްރާންސް)، ކައިލް ވޯކާ (މެންޗެސްޓަރ ސިޓީ، އިންގްލެންޑް)
  • މިޑްފީލްޑަރުން: ޖޫޑް ބެލިންހަމް (ރެއާލް މެޑްރިޑް، އިންގްލެންޑް)، ކެވިން ޑި ބްރޫނާ (މެންޗެސްޓަރ ސިޓީ، ބެލްޖިއަމް)، ފިލް ފޯޑެން (މެންޗެސްޓަރ ސިޓީ، އިންގްލެންޑް)، ޓޯނީ ކްރޫސް (ރެއާލް މެޑްރިޑް، ޖާމަނީ)، ލޫކާ މޮޑްރިޗް (ރެއާލް މެޑްރިޑް، ކްރޮއޭޝިއާ)، ޖަމާލް މުސިއާލާ (ބަޔާން މިއުނިކް، ޖާމަނީ)، ރޮޑްރީ (މެންޗެސްޓަރ ސިޓީ، ސްޕެއިން)، ފެޑެރިކޯ ވަލްވާޑޭ (ރެއާލް މެޑްރިޑް، އުރުގުއޭ)
  • ފޯވަޑުން: އާލިން ހާލަންޑް (މެންޗެސްޓަރ ސިޓީ، ނޯވޭ)، ހެރީ ކޭން (ބަޔާން މިއުނިކް، އިންގްލެންޑް)، ކީލިއަން އެމްބާޕޭ (ޕީއެސްޖީ/ރެއާލް މެޑްރިޑް، ފްރާންސް)، ލިއޮނެލް މެސީ (އިންޓަރ މިއާމީ، އާޖެންޓީނާ)، ކޯލް ޕާމާ (މެންޗެސްޓަރ ސިޓީ/ޗެލްސީ، އިންގްލެންޑް)، ކްރިސްޓިއާނޯ ރޮނާލްޑޯ (އަލް-ނަސްރު، ޕޯޗުގަލް)، ވިނީސިއަސް ޖޫނިއަރ (ރެއާލް މެޑްރިޑް، ބްރެޒިލް)، ލަމީން ޔަމާލް (ބާސެލޯނާ، ސްޕެއިން)