ޚާރިޖީ ވަޒީރުކަމުގެ މަގާމުން ދުންޔާ މައުމޫން އިސްތިއުފާ ދެއްވައިފިއެވެ.
މިއަދުގެ ވަގުތެއްގައި ދުންޔާ އިސްތިއުފާދެއްވި ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައެއްނުވެއެވެ. އަދި މިކަމާއި ގުޅިގެން ސަރުކާރުންވެސް މިހާތަނަށް އަދި އެއްވެސް އެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ.
ދުންޔާ މައުމޫން މަގާމުން އިސްތިއުފާދެއްވަވާފައި މިވަނީ އެކަމަނާގެ ކޮއްކޯފުޅު ފާރިސް މައުމޫން ޕީޕީއެމްއިން ވަކިކުރުމަށް އެޕާޓީގެ ސުލޫކީ ކޮމެޓީން މިއަދު ނިންމެވިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. އަދި ޕީޕީއެމްގެ ތެރޭގައި ކޯޅުން ބޮޑުވެ އެކަމަނާގެ ބައްޕާފުޅު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ އަތްޕުޅަށް ޕާޓީގެ ހުރިހާ ބާރެއް ނަންގަވާފައިވަނިކޮށެވެ.