އަންހެނުންގެ ލޯންގކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑް އަދި އަންހެނުންގެ ޝޯޓްކޯސް 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑް މިރާލް ޢައިން ލަތީފް އައުކޮށްފިއެވެ.
އަންހެނުންގެ ލޯންގކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑް މިރާލް އައުކޮށްފައިވަނީ އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ޑެވަން ކައުންޓީ ޗެމްޕިއަންޝިޕްސް ގައި 02:45.93 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އައުކޮށްފައިވަނީ އަމްނާ ތަޒްކިޔާ މިރުޞާދު އެވެ. އެއީ، މިދިޔައަހަރު ސްރީލަންކާގައި ބޭއްވުނު އެޤައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގް ކޯސް ސްވިމިން ޗެމްޕިއަންޝިޕްސް ގައި 02:49.55 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
އަންހެނުންގެ ޝޯޓްކޯސް 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑް މިރާލް އައުކުރީ އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ވެލްޝް ކެޕިޓަލް އޯޕަންމީޓް ގައެވެ. މިރާލް މިރެކޯޑް އާކޮށްފައިވަނީ 05:49.59 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އައުކޮށްފައިވަނީ ޢީން އައްބާސް ޝަރީފް އެވެ. އެއީ، 2022 ވަނަ އަހަރު ބޭއްވުނު ތައިލެންޑް ޝޯޓްކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި 06:26.56 އިން ރޭސް ފުރިހަމަކޮށްގެންނެވެ.