ކޮރަޕްޝަން މައްސަލައެއްގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްއާ ސުވާލުކުރެއްވުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ނިންމަވައިފިއެވެ.
އޭސީސީގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވީ ރައީސް މައުމޫނާއި ސުވާލުކުރެއްވުމަށް ކޮމިޝަނުން ނިންމަވާފައިވަނީ ތީމުގޭގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ބައްލަވަމުންދާ މައްސަލާއެއްގައިކަމަށެވެ. އަދި އެ މައްސަލަ ބައްލަވަމުން ގެންދަވާތާ ދުވަސްތަކެއްވެއްޖެ ކަމަށާއި އެ މައްސަލާއާއި ގުޅިގެން ސުވާލުކުރަންޖެހޭ ގިނަ ބަޔަކާ މިހާރު ސުވާލުކުރައްވާފައިވާކަމަށްވެސް އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވިއެވެ.
ދެހާސް އަށްވަނަ އަހަރު ނެރެފައިވާ އޮޑިޓް ރިޕޯޓްތަކުގެ މައްސަލަތައް ބައްލަވަމުން ގެންދަވަނީ ފުލުހުންނާއި ގުޅިވަޑައިގެންކަމަށް އޭސީސީން ވިދާޅުވެއެވެ.