ޕީޕީއެމްގެ އަސާސީ ޤަވައިދާއި ޑިމޮކްރަސީގެ ރިވެތި އުސޫލާއި އެއްގޮތަށް އަމަލުކުރެއްވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމަށް އިލެކްޝަންސް ކޮމިޝަނުން އަންގަވައިފިއެވެ.
އެކޮމިޝަނުން ވިދާޅުވީ ރައީސް މައުމޫނަށް އެ ގޮތަށް އެންގެވީ އަމިއްލަ ފަރާތަކުން ހުށައެޅުއްވި މައްސަލައެއް ބެއްލެވުމަށް ފަހުކަމަށެވެ. އެ މައްސަލާގައި ބުނެފައިވަނީ ޕާޓީގެ ހުރިހާ ބާރުތަކެއް ރައީސް މައުމޫން ނަންގަވާ ޕާޓީ ހުއްޓުވުމަކަށް ގެންނަވާފައިވާކަމަށެވެ.
ޕާޓީގެ އަސާސީ ގަވައިދަށް އަމަލުކުރެއްވުމަށް ރައީސް މައުމޫނަށް އިލެކްޝަންސް ކޮމިޝަނުން މިއަދު އެންގެވިއިރު ޕީޕީއެމްގެ ތެރޭގައި ކޯޅުން ބޮޑުވެ ޕާޓީގެ ހުރިހާ ބާރެއް ރައީސް މައުމޫންގެ އަތްޕުޅަށް ވަނީ ނަންގަވާފައެވެ.