ޚަބަރު

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީއަކަށް އަޖުވަދު


  • އަޖުވަދު ތިމާވެއްޓާ ބެހޭ ވުޒާރާގެ ޕީއެސް ކަމުގައި ހުންނަވާތާ 10 އަހަރު ވަނީ ވެފައި

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީއަކަށް، އަޖުވަދު މުސްޠަފާ ހަމަޖައްސަވައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއަށް ޕަރމަނަންޓް ސެކްރެޓަރީއަކު އައްޔަންކުރީ, މީގެކުރިން ވަކިން ހިންގަމުން އައި ތިމާވެއްޓާއި ބެހޭ ވުޒާރާއާއި ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އެއްކޮށްލުމުންނެވެ.

އަޖުވަދު އެމަޤާމަށް އައްޔަން ކުރުމާއި ގުޅިގެން ފަތުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި ވުޒާރާގެ ތަޞައްވުރުތައް ހާސިލްކުރުމުގައި މަސައްކަތްކޮށްދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެންވަޔަރަންމަންޓު މިނިސްޓްރީ ވަކި ވުޒާރާއެއްގެ ގޮތުގައި ހިނގަމުން އައިއިރު އަޖުވަދުވަނީ އެވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީކަން 10 އަހަރަށް ވުރެ ގިނަ ދުވަސްވަންދެންކޮށްފައެވެ. އަޖުވަދުވަނީ އިނގިރޭސިވިލާތުގެ ސަރީ ޔުނިވަރސިޓީން އެނަރޖީ އިކޮނޮމިކްސް ދާއިރާއިން މާސްޓާސް ހާސިލުކޮށްފައެވެ. އަދި އެދާއިރާއިން ސަރުކާރުގެ އިސް މަޤާމުތައްވެސްވަނީ ފުރުއްވާފައެވެ.