ޚަބަރު

އިމިގްރޭޝަންގެ ރަސްމީ މަސައްކަތު ގަޑި ހެނދުނު 8:00 މެންދުރުފަހު 2:00 ބަދަލުކޮށްފި


  • އިމިގްރޭޝަން މިހާރު މަސައްކަތުގެ ގަޑިއަކީ ހެނދުނު 8:00 އިން ހަވީރު 4:00

މޯލްޑިވްސް އިމިގްރޭޝަންގެ ރަސްމީ މަސައްކަތު ގަޑި ސިވިލް ސަރވިސްގެ ރަސްމީ މަސައްކަތު ގަޑިއާއި އެއްގޮތަށް ބަދަލުކޮށްފިއެވެ.

އިމިގްރޭޝަންގެ ރަސްމީ ގަޑިއަށް ބަދަލު ގެނެސްފައިވާކަން އެއިދާރާއިން ހާމަކޮށް ވިދާޅުވީ، މިއަދުން ފެށިގެން ރަސްމީ ގަޑިއަކީ ހެނދުނު 8:00 އިން ފެށިގެން މެންދުރު ފަހު 2:00 އާއި ހަމައަށް ކަމަށެވެ.

މީގެ ކުރިން އެއިދާރާގެ ރަސްމީ ގަޑިއަކީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާއި ހަމައަށެވެ. މި ބަދަލާއެކު އިމިގްރޭޝަންގެ ރަސްމީ މަސައްކަތުގެ ގަޑި 8 ގަޑިއިރުން 6 ގަޑިއިރަށް ބަދަލުވެގެންދާނެއެވެ.

އެ އިދާރާގެ ރަސްމީ ގަޑިއަށް ބަދަލު ގެނައި ނަމަވެސް މިހާރު ޚިދުމަތް ދެމުން އަންނަ ގަޑިތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އެގޮތުން ޕާސްޕޯޓު ހައްދަން ހުށަހެޅުމާއި ދޫކުރުމާއި، އަދި މި ނޫންވެސް އިމިގްރޭޝަނުން ދޭ ޚިދުމަތްތައް މިހާރަކޭ އެއްގޮތަށް ދެމުންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.