ޚަބަރު

ގިނަ ޢަދަދެއްގެ ރާފުޅިތަކަކާއެކު 2 މީހަކު ހައްޔަރުކޮށްފި


  • މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ 2 މީހުން

  • މިމައްސަލައިގައި ރާކަމަށް ޝައްކުކުރެވޭ 54 ފުޅިވަނީ އަތުލައިގަނެފައި

ގިނަ ޢަދަދެއްގެ ރާފުޅިތަކަކާއެކު ސްރީލަންކާއަށް ނިސްބަތްވާ ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމީހުން ހައްޔަރުކޮށްފައިވަނީ މިރޭ 21:55 ހާއިރު ހުޅުމާލޭގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައިކަމަށެވެ.

މިއޮޕަރޭޝަންގައިވަނީ ދުއްވާފައި ދިޔަ އުޅަނދެއް ބަލާ ފާސްކޮށް، ރާކަމަށް ޝައްކުކުރެވޭ 54 ފުޅި އަތުލައިގެންފައެވެ.

މިމައްސަލައިގައި މިހާތަނަށް ދެމީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ދެމީހުންކަމަށެވެ. އަދި މިފުޅިތައް ފެނިފައިވާ އުޅަނދު މިހާރު ޓޯވްކޮށްފައިވާކަމަށާއި މިމައްސަލަ އިތުރަށް ތަޙުގީގުކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.