އަނިޔާގެ ސަބަބުން ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ވެސްލީ ފޮފާނާއަށް މި ސީޒަނުގައި ދެން ނުކުޅެވޭނެ ކަމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.
ޔޫރޮޕާ ކޮންފަރެންސް ލީގުގެ ކުއާޓަރ ފައިނަލުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން މަރެސްކާ ބުނެފައިވަނީ މި ސީޒަނުގައި ފޮފާނާއަށް ދެން ނުކުޅެވޭނެ ކަމަށެވެ.
"ފޮފާއަށް މި ސީޒަނުގައި ދެން ނުކުޅެވޭނެ. އޭނާއަށް ލިބުނު އަނިޔާއިން ރަގަޅު ވުމަށް މިދިޔަ ހޮނިހިރު ދުވަހު ވަނީ ސާރޖަރީއެއް ހަދާފަ." މަރެސްކާ ބުންޏެވެ.
މަރެސްކާ އިތުރަށް ބުނެފައިވަނީ އަނިޔާގައި ތިބި އެހެން ކުޅުންތެރިންގެ ތެރެއިން މާކް ޖިއު އާއި ރޮމެއޯ ލާވީއާ މި ސީޒަނުގެ ކުރިއަށް ހުރި މެޗުތަކުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"ޖިއު އާއި ލާވިއާގެ ރިކަވަރީ ދަނީ ވަރަށް ރަގަޅަށް އަދި މި ސީޒަނުގެ ކުރިއަށް ހުރި މެޗުތަކުން މި ދެ ކުޅުންތެރިންވެސް ފެންނާނެ." މަރެސްކާ ބުންޏެވެ.
އުމުރުން 21 އަހަރު ލާވިއާއަށް އަނިޔާ ވެފައިވަނީ މިދިޔަ މަދު އާސެނަލް އާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އަދި މާކް ޖިއު އެންމެ ފަހުން ޗެލްސީއަށް މެޗެއް ކުޅެދީފައިވަނީ މިދިޔަ ފެބްރުއަރީ މަހު ވެސްޓް ހޭމް ޔުނައިޓެޑާއި ދެކޮޅަށެވެ.