ޤައުމީ އެއަރލައިން މޯލްޑިވިއަނުން މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ޚާއްޞަ ދަތުރުތަކެއް ކުރަން ނިންމައިފިއެވެ. މޯލްޑިވިއަނުން ވިދާޅުވީ، މެލޭޝިއާއަށް 3 ދަތުރެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މޯލްޑިވިއަނުން ވިދާޅުވީ، މެލޭޝިއާ އާއި ރާއްޖެއާ ދެމެދު 3 ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި ދަތުރުތައް ކުރާނީ މިމަހުގެ 27، 29 އަދި 30 ވަނަ ދުވަހުއެވެ.
މެލޭޝިއާއަށް 3 ދުވަހު ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުތަކަށް ބޭނުންކުރަމުންދާނީ މޯލްޑިވިއަންގެ ނެރޯބޮޑީ އެއަރބަސް އޭ320 އާއި ވައިޑްބޮޑީ އެއަރބަސް އޭ330 ކަމަށް އެ އެއަރލައިނުން މަޢުލޫމާތުދެއެވެ.
މޯލްޑިވިއަނުން ވިދާޅުވީ، މީގެ ކުރިންވެސް ރާއްޖެއާއި މެލޭޝިއާއި ދެމެދު ޚާއްޞަ އަދި ސީޒަނަލް ދަތުރުތަކެއް ބާއްވާފައިވާކަމަށެވެ. އަދި މި ދަތުރުތަކުގެ ސަބަބުން މެލޭޝިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށްވެސް އެ އަރލައިނުން މަޢުލޫމާތުދެއެވެ.
We are thrilled to announce special direct flights between Malé and Kuala Lumpur! Enjoy seamless travel between Maldives & Malaysia. 🇲🇻 🔁🇲🇾
— MaldivianAero (@MaldivianAero) April 10, 2025
Seats are limited — book now! ✈️#MaldivianAero #MaleToKL #DirectFlights pic.twitter.com/YtlBe4thio
މޯލްޑިވިއަނުން މައުލޫމާތުދޭގޮތުގައި މި ދަތުރުތަކަށް ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށާއި ޓިކެޓް ގަތުމަށް މޯލްޑިވިއަންގެ ވެބްސައިޓުން ނުވަތަ 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމުން ލިބޭނެ ކަމަށް އެއަރލައިނުން ވިދާޅުވެއެވެ.
މެލޭޝިއާއަކީ މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ޤައުމެކެވެ. އަދި ތަފާތު އެކު ބޭނުންތަކަށް އެ ޤައުމަށް ދަތުރުކުރާ ދިވެހީންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މެލޭޝިއާގެ ފަތުރުވެރިންވެސް ރާއްޖެއަށް އަންނަ މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއަށް 19000އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މޯލްޑިވިއަންގެ ޚިދުމަތަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނެސްފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މިހާރު މޯލްޑިވިއަނުން ވަނީ ޗައިނާގެ 3 ސިޓީއަށް ދަތުރުތައް ފަށާފައެވެ. އެއީ ޗެންޑީ، ބެއިޖިންގ އަދި ޝަންހާއީއެވެ.
މި ދަތުރުތަކަށް ފަތުރުވެރިންގެ މެދުގައި ބޮޑު ތަރުހީބެއް އޮތްކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ. އަދި ވައިޑް-ބޮޑީ މަތިންދާ ބޯޓާއެކު ތައިލެންޑާއި ޔޫރަޕަށްވެސް ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން ދަނީ ތައްޔާރުވަމުންނެވެ.