ޚަބަރު

ލ.ލިންކު ރޯޑުގައި ސައިކަލެއް ކޮންޓްރޯލްނުވެ ހިނގި އެކްސިޑެންޓުގައި ޒުވާނަކު ނިޔާވެއްޖެ


  • ނިޔާވީ 30 އަހަރުގެ ޒުވާނެއް

  • އެކްސިޑެންޓު ހިނގީ ރޭ ދަންވަރު

ލ. މާންދޫގައި ސައިކަލެއް ކޮންޓްރޯލްނުވެ ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ލ. ލިންކް ރޯޑުގެ މާންދޫ ބެންޑު ސަރަހައްދުން ސައިކަލެއް ކޮންޓްރޯލްނުވެގޮސް އެކްސިޑެންޓެއް ހިނގައިގެން ރޭ ދަންވަރު 01:40 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ލ. މާބައިދޫ ސޫރަޖުވިލާ ޢުމުރުން 30 އަހަރުގެ އިބްރާހީމް ނައުޒަމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނު 08:45 ހާއިރު ނިޔާވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސަ ފުލުހުން ގެންދަނީ ތަހުގީގްކުރައްވަމުންނެވެ.