ފުލުހުންގެ ތަމްރީންތަކެއް މިއަދު ހުޅުމާލެ ފޭސް 1ގައި ކުރިއަށްދާނެކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
މިތަމްރީން ކުރިއަށްދާނީ މިއަދު މެންދުރު 02:00އިން ފެށިގެން ހަވީރު 05:00އާއި ހަމައަށެވެ.
މިއީ ކުއްލި ޙާލަތްތަކަށް ތައްޔާރުވެ ތިބުމުގެ ޤާބިލުކަން އިތުރުކުރުމަށް ފުލުހުންގެ ސްޕެޝަލިސްޓް ރެސްޕޮންސް ޓީމަށް ކުރިއަށްގެންދާ ތަމްރީންތަކެކެވެ.
މިއޮޕަރޭޝަން ކުރިއަށްދާއިރު އާއްމުންގެ ފުރިހަމަ އެއްބާރުލުމަށް ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ. އަދި މިއީ ދުރާލާ ރޭވިގެން ކުރިއަށްދާ ތަމްރީން ހަރަކާތެއްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އެހެންކަމުން އާއްމުންގެ ތެރޭގައި އެއްވެސް ނުތަނަވަސްކަމެއް އަންނާނެފަދަ ކަމެއް މީގެތެރޭގައި ނުހިމެނޭނެކަންވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.