ޚަބަރު

ޕީޖީ އޮފީހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން 2 ޕްރޮސިކިޔުޓަރަކު ސަސްޕެންޑްކޮށްފި


  • މައްސަލަ ބަލައި ނިމެންދެން ޕްރޮސިކިޔުޓަރުން ވަނީ ސަސްޕެންޑްކޮށްފައި

  • ފުލުހުންވެސް ދަނީ މި މައްސަލަ ތަޙުޤީޤުކުރަމުން

ޕްރޮސިކިޔުޓަރ ޖެނެރަލް، ޕީޖީ އޮފީހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ އޮފީހުގެ 2 ޕްރޮސިކިޔުޓަރަކު ސަސްޕެންޑްކޮށްފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ އެ އޮފީހުގެ ސުލޫކީ މައްސަލަ ބަލައި ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އެ މައްސަލަ ބަލައި ނިމެންދެން ދެ ޕްރޮސިކިޔުޓަރަކު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައަކީ ޖިންސީ ފުރައްސާރަކުރުމާއި ޕީޖީ އޮފީހުން ޤަބޫލުކޮށް ހިފަހައްޓަމުންދާ އަޚުލާޤީ މިންގަނޑާ ޚިލާފުވުމުގެ މައްސަލައެއްކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މި މައްސަލާގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަންޖެހޭ ކަންތައްތަކެއް ހުރުމާއެކު، ފުލުހުންވެސް މި މައްސަލަ ތަޙުޤީޤުކުރަމުންދާ ކަމަށެވެ.