ޚަބަރު

ވެން ޑައިކުގެ އެއްބަސްވުން އައުކުރުމަކީ ރަނގަޅު މެސެޖެއް: ސްލޮޓް


ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް އާއެކު އެ ކުލަބުން ހަދާފައިވާ އެއްބަސްވުން އައުކުރުމަކީ ކުލަބުގެ ވިސްނުން ހުރި ގޮތް ވަރަށް ބޮޑަށް ސާފުވެގެންދިޔަ ކަމެއް ކަމަށް ކޯޗު އާނާ ސްލޮޓް ބުނެފިއެވެ.

ލެސްޓަރ ސިޓީ އާއި ދެކޮޅަށް މާދަމާ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސްލޮޓް ބުނެފައިވަނީ ވެންޑައިކްގެ އިތުރުން ސަލާގެ އެއްބަސްވުން އައު ކުރުމަކީ އެ ކްލަބުން ކާމިޔާބީ ހޯދުމަށް ބޭނުންވާކަމުގެ ވަރަށް ބޮޑު މެސެޖެއް ކަމަށެވެ.

"ފާއިތުވެދިޔަ ގިނަ ދުވަސްތަކެއްގައި އެ ޓީމުން ވަނީ ރަގަޅު ކުޅުމެއް ދައްކާފައި. އަދި އެ ކުޅުންތެރިން ކްލަބުގައި މަޑުކުރުވަން ނިންމި ނިންމުމަކީ ކްލަބުން ކާމިޔާބީ ހޯދަން ބޭނުންވާކަމުގެ ވަރަށް ރަގަޅު ހެއްކެއް." ސްލޮޓް ބުންޏެވެ.

މި ސީޒަނުގެ ނިޔަލަށް ވެންޑައިކް އާއި ސަލާ އާއިއެކު ލިވަޕޫލް އިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނެ އެވެ. ނަމަވެސް ޑިފެންޑަރ ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑް އާއި ގުޅޭ ގޮތުން ސްލޮޓް އަށް އަމާޒުވި ސުވާލުތަކެއް އޭނާ ޖަވާބު ދީފައެއް ނުވެއެވެ.

އާނޯލްޑް އާއިއެކު ލިވަޕޫލް އިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު އޭނާ ރެއާލް މެޑްރިޑް އާއި ގުޅޭނެކަމަށް ގިނަ މީޑިޔާ ރިޕޯޓްތަކެއް ވަނީ ބުނެފަ އެވެ.

އާނޯލްޑް އާއި ގުޅޭ ގޮތުން ސްލޮޓް ބުނެފައިވަނީ އެކަމަކީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދައްކަން ބޭނުންވާ ވާހަކަތަކެއް ކަމަށާއި އެކަމާއިމެދު ގޮތެއް ނިމުމުން އެކަން ހާމަކުރާނެ ކަމަށެވެ.

ލީގުގައި މިއަދު އާސެނަލް ކުޅޭ މެޗުން އެ ޓީމު ބަލިވެ މާދަމާގެ މެޗުން ލިވަޕޫލް މޮޅުވެއްޖެނަމަ އެ ޓީމަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިބިގެންދާނެ އެވެ.