ޤައުމީ ދިފާޢީ ބާރުގެ އަސްކަރީ ޤާބިލުކަން އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮށްދެއްވާ ބުރަ މަސައްކަތްޕުޅަކީ ޝުކުރު ޙައްޤު މަސައްކަތްޕުޅެއްކަމަށް ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވަވާ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޣައްސާންވަނީ ދުވަހުގެ ތަހުނިޔާ ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފޮނުއްވާފައެވެ. މީގެއިތުރުން ސިފައިންގެ ލީޑަރޝިޕަށާއި ހިތްވަރުގަދަ ދިވެހި ސިފައިންނަށާއި ސިފައިންގެ އާޢިލާތަކަށްވެސް ތަހުނިޔާ ވިދާޅުވިއެވެ.
ވަޒީރު ޣައްސާންވަނީ ދިފާޢީ ބާރުގެ އަސްކަރީ ޤާބިލްކަން އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކޮށްދެއްވާ ބުރަ މަސައްކަތްޕުޅު ފާހަގަކުރައްވައި ދިވެހި ސިފައިންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.
133 vana Sifainge dhuvahuge thahniya, Sifainge emme mathee veriya, Dhivehi Raajjeyge Izzaitheri Raeesul Jumhooriyya Dr @MMuizzu ashai, Sifainge leadership adhi hivvarugadha Dhivehi Sifainnaai aailaa thakah hithuge fumminun dhannavan.
— Mohamed Ghassan Maumoon (@mgmaumoon) April 21, 2025
Dhifaaee baaruge askaree qaabiliyyath ithuru… pic.twitter.com/KPeqAqZ1L6
ދިވެހި އަސްކަރިއްޔާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުންނެވެ. ދިވެހި އަސްކަރިއްޔާ އިތުރަށް ބާރުވެރިކޮށް ދިވެހީން އަމިއްލައަށް ދިވެހީންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ރައީސްގެ ވައުދެކެވެ. އެ ވައުދުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ސިފައިންގެ ޚިދުމަތަށް "އެއަރ ކޯ" ތައާރަފު ކުރައްވާފައެވެ. މިއާއެކު ވައިގެ މަގުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ދިވެހި އަސްކަރިއްޔާއަށް ވަނީ ލިބިގެންގޮސްފައެވެ.