ޚަބަރު

ހައިޖަމްޕްގެ ގައުމީ ރެކޯޑެއް ނާއިކް މުގުރާލައިފި


ހައިޖަމްޕްގެ ގައުމީ ރެކޯޑެއް ޔޫސުފް ނާއިކް ވަޖީހް މުގުރާލައިފިއެވެ.

އޭނާ މި ރިކޯޑު ގާއިމު ކުރީ މިހާރު ކުރިޔަށްދާ 12 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ހުކުރު ދުވަހު ހަވީރު އޮތް އިވެންޓެއްގައެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ ނާއިކް ހައި ޖަމްޕްގެ ގައުމީ ރިކޯޑު ހެދީ 1.88 މީޓަރަށް ފުންމައިގެން ކަމަށެވެ.

ކުރިން މިކޯޑު އޮންނަނީ އަހުމަދު ޒަބީރުއަތުގައެވެ. އޭނާ މި ރިކޯޑު ގާއިމު ކުރީ 1.85 މީޓަރަށް ފުންމައިގެންނެވެ.

ނާއިކު ވަނީ ކުރިންވެސް ހައިޖަމްޕްގެ ދެ ރެކޯޑެއް ގާއިމު ކޮށްފައެވެ.

އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަރާތުން ވާދަކުރި ނާއިކް 16 އަހަރުން މަތީގެ ފިރިހެން ކެޓަގަރީގެ ހައިޖަމްޕް އިވެންޓުން 1 ވަނަ ހޯދިއިރު 1.70 މީޓަރަށް ފުންމައިގެން ދެވަނަ ހޯދީ އީސާ ޖާހިޒް އަޖްހަދުއެވެ. ތިންވަނައަށް ދިޔައީ 1.70 މީޓަރަށް ފުންމައިގެން ލޫތް ބިން އަލީ ޝަރީފެވެ. ޖާހިޒް އަށް ކުރި ލިބުނީ ޕޮއިންޓްގެ ތަފާތުންނެވެ. އޭނާއަށް 8 ޕޮއިންޓް ލިބުނުއިރު ލޫތަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. އެއްވަނަ ހޯދި ނާއިކަށް ލިބުނީ 10 ޕޮއިންޓެވެ.