އިންޑިއާގައި ކުރިއަށްދިޔަ "ބެޓްލް އޮފް ބޭންޑްސް އިންޓަރނޭޝަނަލް"ގައި ދިވެހި ބޭންޑު "ޓޫ އޮފް އަސް" ބޭންޑުން ހޯދި ކާމިޔާބީން މުޅި ޤައުމަށް ފަޚުރުވެރިކަން ގެނެސްދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އިންޑިއާގައި ކުރިއަށްދިޔަ "ބެޓްލް އޮފް ބޭންޑްސް އިންޓަރނޭޝަނަލް"ގައި ދިވެހި ބޭންޑު "ޓޫ އޮފް އަސް"އިންވަނީ މުބާރާތުގެ 3 ވަނަ ހޯދާފައެވެ. މިކާމިޔާބީ ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވަނީ "ޓޫ އޮފް އަސް" އިން ހޯދި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެފައެވެ.
"ޓޫ އޮފް އަސް" ބޭންޑުން ހޯދި ކާމިޔާބީއަކީ ފާހަގަކޮށްލެވޭ މޮޅު ކާމިޔާބީއެއްކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ، ބޭންޑުގެ ހުނަރުވެރިކަމާއި، ބުރަ މަސައްކަތުން މުޅި ޤައުމަށް، ބައިނަލްއަޤުވާމީ ފެންވަރުގެ ކާމިޔާބީއެއް ގެނެސްދީ، ފަޚުރުވެރިކުރުވައިފިކަމަށެވެ. އަދި އެބޭންޑުން ހޯދި ކާމިޔާބީއާއެކު އެތައް ދިވެހީންނެއްގެ އުއްމީދު އައުވެ މިފަދަ ކާމިޔާބީއަށް ވާސިލުވުމުގެ ޢަޒުމުން އައުވެގެންދާނެކަމަށް ނައިބު ރައީސް ވިދާޅުވެފައިވެއެވެ.
Congratulations to 2OfUs for winning the second runner-up at the Battle of Bands International. This is a remarkable achievement, and your talent and hard work have brought immense pride to the nation on a global stage. Your success will undoubtedly inspire many Maldivian… pic.twitter.com/1lni3GK1Bk
— Hussain Mohamed Latheef (@HucenSembe) May 5, 2025
"ޓޫ އޮފް އަސް" ބޭންޑުން މުބާރާތުގައި ހުށަހެޅި ހުރިހާ ހުށަހެޅުމަކަށްވެސް ޖަޖުންނާއި ބެލުންތެރިންނާއި ޚާއްސަކޮށް ދިވެހިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އިންޑިއާގެ މުމްބާއީގައި ކުރިއަށްދިޔަ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް" މުބާރާތުގެ ގްރޭންޑް ފިނާލޭގެ ކުރިން "ޓޫ އޮފް އަސް"އިން ބުނެފައިވަނީ ސްޓޭޖް މަތީގައި މަދު ބައެއް ތިބި ނަމަވެސް އެ ބޭންޑުން ތަމްސީލު ކުރަނީ މުޅި ދިވެހި ގައުމު ކަމަށެވެ. ބޭންޑުން ބުނީ ހުވަފެނެއް ދެކި، އެކަން ހާސިލުކުރުމަށް ގަދައަޅައި މަސައްކަތްކޮށްފިނަމަ، ކާމިޔާބުވާނެކަން ހާމަވަމުންދާ ކަމަށެވެ.
މިއީ ބައިނަލްއަޤުވާމީ މުބާރާތެއްގައި މިފަދަ ގޮތަކަށް ބައިވެރިވެ ދިވެހީންނަށް މިފަދަ ޝަރަފެއް ލިބިގެންދިޔަ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.