ކުޅިވަރު

އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ 45 ވަނަ އާންމު މަޖިލީހުގައި ރާއްޖެއިން ބައިވެރިވެއްޖެ


އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ 45 ވަނަ އާންމު މަޖިލީހުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބައިވެރިވެއްޖެއެވެ.

ކުވައިތު ސިޓީގެ ޝެއިޚް ޖާބަރ އަލް އަޙްމަދު ސަގާފީ މަރުކަޒުގައި މެއި މަހުގެ 11 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ އެމްއޯސީގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރާއި އެ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަޙްމަދު ސައީދު އެވެ.

"ހާޓްބީޓް އޮފް ދަ އޯސީއޭ" ސިފަވާގޮތަށް ކަނޑައަޅާފައިވާ ޝީއާރު "ވަން އޭޝިއާ"ގެ ނަމުގައި އެސެމްބްލީގައި އައިއޯސީގެ ރައީސް ތޯމަސް ބާކް އާއި އިންތިޚާބީ ރައީސް ކިރްސްޓީ ކޮވެންޓްރީ ހިމެނޭ ގޮތަށް ދުނިޔޭގެ ކުޅިވަރު ލީޑަރުންނާ އެކު އޭޝިއާގެ 45 ގައުމެއްގެ އޮލިމްޕިކް ކޮމިޓީގެ މަންދޫބުން ބައިވެރިވިއެވެ.

މި ބައްދަލުވުމުގެ ބޭނުމަކީ ޤައުމުތަކުގެ އޮލިމްޕިކް ކޮމިޓީތަކުން އެއްބައިވަންތަކަން ފާހަގަކޮށް އޭޝިއާގެ ކުޅިވަރުގެ މުސްތަގުބަލަށް ކުރެވެންހުރި ކަންކަން މަގުފަހިކޮށްދިނުމެވެ.