ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ވިދާޅުވީ ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 1.020 ގުރާމު ހުރި ކަމަށެވެ.
އަތުލައިގަތް މިމަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓް ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވްވެފައި ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ. މި ތަކެތި އަތުލައިގަތީ މިިދިޔަ މަހުގެ 27 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންވެ.
ކަސްޓަމްސްއިން ވަނީ މި އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު ފަތިހު ހިންގި އޮޕަރޭޝަނެއްގައި 3.534 ކިލޯ ގްރާމް ހުރި މަސްތުވާތަކެތި އަތުލައިގެންފައެވެ.
މިގޮތުން އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 1،086 ގްރާމް ކެޓަމިން އާއި 2،138 ގްރާމް މެތަމްފެޓަމިން އާއި 310 ގްރާމް ހެރޮއިންއެވެ. އަދި އަތުލައިގަތް މިމަސްތުވާތަކެތި މަގުމަތީ އަގު ގާތްގަނޑަކަށް 6.7 މިލިއަން ރުފިޔާއަށް އަރާކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.