ޚަބަރު

ވިމްބަލްޑަންގެ ޗެމްޕިއަންކަން ސިނާ ހޯދައިފި


ވިމްބަލްޑަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ އިޓަލީގެ ޔަނިކް ސިނާ ހޯދައިފިއެވެ.

ސިނާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ތިން ސެޓު އެއް ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ހަތަރެއް ހައެއްގެ ނަތީޖާއަކުން އަލްކަރޭޒް ކާމިޔާބުކުރި ނަމަވެސް ޖެހިގެން އައި ތިން ސެޓުވެސް ސިނާ ވަނީ ހައެއް ހަތަރެއްގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.

މި މެޗުން މޮޅުވެ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ސިނާ ހޯދިއިރު އޭނާ ވެފައިވަނީ މި މުބާރާތް ކާމިޔާބުކުރި އިޓަލީގެ ފުރަތަމަ ކުޅުންތެރިޔާއަށް ވެފަ އެވެ. އަދި މިއީ ނިމިގެންދިޔަ ފްރެންޗް އޯޕަން ފައިނަލުގައި އަލްކަރާޒް އަތުން ސިނާ ބަލިވި މެޗަށްފަހު އޭނާއަށް ލިބިގެންދިޔަ ރަގަޅު ބަދަލު ހިފެމެކެވެ.

އުމުރުން 23 އަހަރުގެ ސިނާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު މިއި އޭނާ ކާމިޔާބުކުރި ހަތަރުވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ.

އެންމެ ފަހުގެ ޗެމްޕިއަން އަލްކަރާޒްގެ މައްޗަށް ސިނާ ހޯދި ކާމިޔާބީ އާއިއެކު އޭނާ ބުނެފައިވަނީ މިއީ ވަރަށް ހާއްސަ ކާމިޔާބީއެއް ކަމަށާއި މިއީ ހުވަފެނެއް ހަގީގަތަކަށް ވުމުން ލިބިގެންދާފަގަ އިހުސާސްތަކެއް ކުރެވިގެންދާ ވަގުތެއް ކަމަށެވެ.