އދ.މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ ކުއްޖާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ، މާމިގިލި ކައިރިއަށް ފީނަން ދިޔަ 4 ކުދިން ހިމެނޭ ގްރޫޕެއްގައި ހިމެނޭ 15 އަހަރުގެ ފިރިހެން ކުއްޖެއް ގެއްލިގެން މިރޭ 7:00 ހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ.
އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ކުރަމުންދަނިކޮށް އެކުއްޖާ މިރޭ މާމިގިލީ ބޭރު މޫދުން ފެނިފައިވާކަމަށާއި، ކުއްޖާ ޞިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާ ޙަވާލާދެއްވާ ފުލުހުން ވަނީ ވިދާޅުވެފައެވެ.