ޚަބަރު

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި


  • އޭނާ އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ 11 ވަނަ ދުވަހު

މާލެއިން 30 އަހަރުގެ ފިރިހެނަކު ގެންލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ، ގ. ގަރނެޓް އުމުރުން 30 އަހަރުގެ ޙަސަން ޔާމީންއެވެ. އެނާ ގެއްލިގެން ހޯދަން ފަށާފައިވަނީ، މިމަހުގެ 11 ވަނަ ދުވަހުގެ 21:25 އެހައިކަންހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން އާއިލާއަށް ޚަބަރެއްނުވުމުންނެވެ. އެނާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހޯމަ ދުވަހު 20:30 އެހާއިރުއެވެ.

ފުލުހުން ވަނީ، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.