ޚަބަރު

ކަސްޓަމްސްގެ 135ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި


  • މިއީ ކަސްޓަމްސްގެ 135ވަނަ އަހަރީ ދުވަސް

  • ކަސްޓަމްސްއަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް މުއައްސަސާ

މޯލްޑިވްސް ކަސްޓްމަސް ސަރވިސްއަށް ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެން، އެ މުއައްސަސާގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ކަސްޓަމްސްގެ 135 ވަނަ އަހަރީ އުފަލުގައި ބައިވެރިވެވަޑައިގެން، އެ މުއައްސަސާގެ ވެރީންނާއި ހުރިހާ މުވައްޒަފުންނަށް މަރުޙަބާ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމީ ޚިދުމަތުގައި ކަސްޓަމްސަށް އަބަދުވެސް ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށެވެ.

ކަސްޓަމްސްއަކީ ދިވެހިރާއްޖޭގެ އެންމެ ގިނަ ދުވަސްވީ މުއައްސަސާއެވެ. 18 ޖުލައި 1890 ވަނަ ދުވަހު ކަސްޓަމްސްގެ ހިދުމަތް ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ ބަންޑާރަ ފިހާރައިގެ ނަމުގައެވެ.

އެހެންވެ ކޮންމެ އަހަރެއްގެވެސް 18 ޖުލައި ފާހަގަކުރަނީ ކަސްޓަމްސްގެ އަހަރީ ދުވަހުގެ ގޮތުގައެވެ. މިއަދު ފާހަގަކުރަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 135ވަނަ އަހަރީ ދުވަހެވެ. ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ މަދަނީ މުއައްސަސާއެއްގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ބަދަލުވެގެންދިޔައީ 11 މެއި 2011 ގައި ތަސްދީގުކުރި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ ދަށުންނެވެ.