ޚަބަރު

"ބީއެމްއެލް ވާއު ކިޑްސް ރަން" ގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފި


  • މި ރަން އޮންނާނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި

  • މިއީ މި ދުވުން ބާއްވާ 10 ވަނަ އަހަރު

ބީއެމްއެލްއާއި ޓޯޓަލް ފިޓްނަސް ގްރޫޕް، ޓީއެފްޖީއާ ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވާއު ކިޑްސް ރަން" ސެޕްޓެމްބަރު މަހު ބޭއްވުމަށް ނިންމާ ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ދުވުން ބޭވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ބީއެމްއެލްއިން ވިދާޅުވީ މި އަހަރުގެ ދުވުމުގައި 2 އަހަރާއި 3 އަހަރުގެ ކުދިން ބެލެނިވެރިންނާއެކު ދުވާނީ އެއް ކިލޯ މީޓަރަށްކަމަށެވެ. 4 އަހަރާއި 6 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު ދުވާނީ ދެ ކިލޯ މީޓަރަށެވެ. ގުރޫޕާއި 8 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިން ދުވާނީވެސް ބެލެނިވެރިންނާ އެކުގައިކަމަށްވެސް ބީއެމްއެލްއިން ވިދާޅުވެއެވެ.

މި ދުވުމުގައި 7 އަހަރާއި 9 އަހަރާ ދެމެދުގެ އުމުރުފުރާއަށް ތިން ކިލޯމީޓަރު ހަމަޖެހިފައިވާއިރު 10 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް 4 ކިލޯމީޓަރު ދުވުމުގެ ފުރުޞަތު ލިބޭނެއެވެ. 10 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާގެ ދުވުން ކުރިއަށް ދާނީ ޓައިމްކޮށްގެންކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު ރަޖިސްޓަރ ކުރެވޭނީ https://races.3000tfg.com/product/bml-wow-kids-run-2025/ މި ލިންކުންނެވެ.

"ބީއެމްއެލް ވާއު ކިޑްސް ރަން" އަކީ މަޖާ ހަރަކާތްތަކާއި ކުޅިވަރުތައް ކުޅެވޭނެ ސްޓޭޝަންތަކާއެކު ބާއްވަން ހަމަޖެހިފައިވާ ދުވުމެކެވެ. މިއީ މި ދުވުން ބާއްވާ 10 ވަނަ އަހަރެވެ.